28 Jan 2021, 22:50
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 106 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު މާލެ އިން 93 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރޭގެ ރަށްތަކުން ހަތަރު މީހަކު ޕޮޒިޓިވްވި އެވެ. އަދި ރިސޯޓްތަކުން އަށް މީހަކު ޕޮޒިޓިވްވިއިރު ސަފާރީތަކުން ޕޮޒިޓިވްވީ އެންމެ މީހެކެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،3496 އަށް އަރާފައެވެ.
މިއަދު 62 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،028 އަށް އަރާފައެވެ.
މިވަގުތު ބަލި ޖެހިފައި 1410 މީހުން ތިބި އިރު އެމީހުންގެ ތެރެއިން 116 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 51 އެވެ.