ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ބޭރުގައި އުޅުން މަނާކޮށްފައިވާ ގަޑީގައި ބޭރުގައި އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މާސްކް ނާޅާ ބޭރުގައި އުޅޭ ފަރާތްތަކާއި ކާފިއު ގަޑީގައި ބޭރުގައި އުޅޭ ފަރާތްތައް އިތުރު އިންޒާރަކާ ނުލައި ޖޫރިމަނާ ކުރާނެ ކަމަށެވެ.

އެގަޑީގައި ބޭރުގައި އުޅުން ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމަށް ފަހު އަނެއްކާވެސް އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެޗްޕީއޭއިން ބުނާ ގޮތުން ކޮވިޑް ފެތުރުން އިތުރުވީ ގައިޑްލައިންތަކަށް ބޯ ނުލަނބާތީ އެވެ.

އިއްޔެ މާލެއިން އެކަނި 112 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.