ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.

ބީއެމްއެލްއިން ބުނީ ނުވަ ހަފްތާގައި ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަންގައި ހިމެނުމަށް ހަމަޖެހިފައިވަނީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި މުއާމަލާތްތައް އެކަނި ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެވެބްސައިޓުންބަލައިލެވޭނެ އެވެ.