28 Jan 2021, 15:19
ފޭކް ކަރަންޓީން ލިޔުމެއް މަޖިލީހަށް ހުށަހަޅައިގެން އެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
މަޖިލިސް އިދާރާއިން ބުނީ، އެޗްޕީއޭގެ ކަރަންޓީން ލިޔުމެއް ފޯޖްކުރި މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި އެ މައްސަލައާ ގުޅިގެން އެ މުވައްޒަފު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ސަސްޕެންޑްކޮށްފައިވަނީ، މަޖިލީހުގެ އިދާރީ މުވައްޒަފެކެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.