28 Jan 2021, 12:14
ހުޅުމާލޭ މިސްކިތެއް ތެރޭގައިހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓު ކޮށްލަން ނިންމައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ ހަފްތާގައި ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.
އޭނާ ޑީޕޯޓުކޮށްލަން ނިންމީ ޕީޖީ އިން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ޑީޕޯޓު ކޮށްލުމަށް ޕީޖީ އިން ނިންމުމާ ގުޅިގެން އޭނާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭ ހުރި މީހަކާ މަރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އިންޑިއާ މީހާ ހައްޔަރު ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާ މީހާ ވަނީ މިސްކިތް ތެރޭ އިން އުމުރުން ދުވަސްވީ މީހާގެ ގައިން ނުބައި ވަސް ދުވާކަމަށް ބުނެ، އޭނާ މިސްކިތުން ނެރެ، މާރާމާރީ ހިންގާފަ އެވެ.