28 Jan 2021, 11:02
ދިރާގުގެ "މަމެން ޑޭޓާ" އެޑްއޮންތަކުން 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން މިއަދު ބުނީ އެ ޕްރޮމޯޝަންގެ ދަށުން މާޗު 20އާ ހަމައަށް މަމެން ޑޭޓާ އެޑޮންތަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ޑޭޓާ އެޑްއޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލައިލެވޭނެ އެވެ.
ޕެކޭޖްތަކުގެ އަދަދު ފެންނަން ހުންނާނީ އާރްބީ (ރާޅުބިސް)އިންނެވެ. އަދި ޕެކޭޖް ގަތުމާއެކު އާރްބީގެ ބެލެންސުން ކެނޑޭނެ އެވެ.
އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް ވެސް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅައިގެން ބަލައިލެވޭނެ އެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ހާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއް ތައާރަފްކޮށްފަ އެވެ.
އެ އެޑްއޮންތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންއަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮންތަކެކެވެ. ކަސްޓަމަރުންނަށް ހަތް ދުވަހާއި 15 ދުވަހާއި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑްއޮން ނެގޭނެ އެވެ.
ދިރާގު މަމެންއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފައްދާފައިވާ މޯބައިލް ޕްލޭނެކެވެ.