27 Jan 2021, 22:25
މިއަދު ރާއްޖެއިން ކޮވިޑް-19އަށް 143 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ޕޮޒިޓިވްވި މީހުން ތެރޭގައި މާލެއިން ޕޮޒިޓިވްވި 112 މީހުން ހިމެނެ އެވެ. އޭގެ އިތުރުން އަތޮޅު ތެރޭގެ ރަށަރަށުން ހަތް މީހަކާއި ރިސޯޓުތަކުން 24 މީހަކު ހިމެނެ އެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،390 އަށް އަރާފައެވެ.
މިއަދު މާލެއިން 112 މީހުން ޕޮޒިޓިވްވި އިރު އިއްޔެ މާލެއިން ޕޮޒިޓިވްވީ 93 މީހުންނެވެ.
މިއަދު 50 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،966 އަށް އަރާފައެވެ.
މިވަގުތު ބަލި ޖެހިފައި 1366 މީހުން ތިބި އިރު އެމީހުންގެ ތެރެއިން 101 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 51 އެވެ.