28 Jan 2021, 08:26
ވަރުގަދަ ކާސްޓަކާއެކު ގެނެސްދޭ "ބޫތު ޕޮލިސް"ގެ ޝޫޓިން ޔަމީ ގޯތަމް ނިންމާލައިފިއެވެ.
ސައިފް އަލީ ޚާން، އަރުޖުން ކަޕޫރު އަދި ޖެކަލީން ފާނަންޑޭޒް ވެސް ފެނިގެންދާ ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމަކީ "ރާގިނީ އެމްއެމްއެސް"ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީއެވެ.
ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ މި އަހަރުތެރޭ ސިނަމާތަކުގައި އަޅުވާނެ ފިލްމެކެވެ. ބޫތު ޕޮލިސް އަކީ އަރުޖުން އާ ސައިފް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ޔަމީ އާ ޖެކަލީން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ހާއްސަކަމަކީ މި ފިލްމުން ފެނިގެންދާ އެއްވެސް ތަރިއަކު މީގެ ކުރިން ބިރުވެރި ފިލްމެއް ކުޅެފައިނުވުމެވެ. ބޫތު ޕޮލިސް އަކީ ބިރުވެރި މަޖާ ފިލްމެކެވެ.