28 Jan 2021, 08:27
އަހަރުގެ ފުރަތަމަ ބޮޑު ކައިވެނި މިވަނީ މި ހަފްތާތެރޭ ކުރެވިގެން ގޮއްސަ އެވެ.
ވަރުން ދަވަން އާ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލް ކައިވެނީގެ ގޮތުން ގޮށްޖެހުނުއިރު ގިނަ އަދަދެއްގެ ފަންނާނުންނެއް ވަނީ އެދެމީހުންނަށް މަރުހަބާ ކިޔާފައެވެ. މަރުހަބާ ކީ ހުރިހާ އެންމެންގެ ތެރެއިންވެސް އެންމެންގެ ލޮލުގައި އަޅައިގަތީ ފޮޓޯގްރަފަރު ރޯހާން ޝްރެސްތާ ވަރުން އަށް މަރުހަބާ ކިޔުމަށްފަހު ޕޯސްޓްކުރި ފޮޓޯއަށް ވަރުން ދިން ޖަވާބަށެވެ.
ވަރުން ބުނީ އޭނާ އަކީ ނަސީބު ރަނގަޅު މީހެއް ކަމަށާއި ރޯހާންވެސް ކައިވެންޏަށް ތައްޔާރުކަމަށް އުންމީދުކުރާކަމަށެވެ. ރޯހާން އަކީ ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝްރައްދާ ކަޕޫރު ލޯބީގެ ގޮތުން އުޅޭ މީހާއެވެ.
ކައިވެންޏަށް ތައްޔާރުތޯ ސުވާލުކުރުމުން ގިނަ ބަޔަކު ބުނީ އެއީ އެދެމީހުން ކައިވެނިކުރަން އުޅޭތީ ވަރުން ދިން އިޝާރާތެއް ކަމަށެވެ. ޝްރައްދާ އާ ރޯހާންގެ ކައިވެނީގެ ވާހަކަތައް މިދިޔަ އަހަރުވެސް ވަރަށް ބާރަށް ދެކެވުނެވެ. ނަމަވެސް އޭރު ޝްރައްދާ ބުނީ އޭނާ އަދި ކައިވެންޏަކާ ދޭތެރޭ ނުވިސްނާ ކަމަށާއި މިވަގުތު އެންމެ އިސްކަމެއް ދެނީ ކެރިއަރަށް ކަމަށެވެ.