ބޮލީވުޑްގެ ތަރި ކަރީނާ ކަފޫރާއި ސައިފް އަލީ ހާންގެ ކައިވެންޏަށް 40 ލައްކަ ރުފިޔާގެ އަގު ހުރި ޝާހީ ހާރެއް ގަތުމަށް ކަރީނާ އޯޑަރު ދީފި އެވެ.

ސައިފު އާއި ކަރީނާގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ސައިފް ކަރީނާއަށް އަގު ބޮޑު ޖަވާހިރެއް ޖަހާފައިވާ އަނގޮޓިއެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. ކަރީނާ އޭނާގެ ކައިވެނީގައި އެޅުމަށް އޯޑަރު ދީފައިވާ އެ ހާރަކީ ޝާހީ އާއިލާތަކަށް ހާއްސަކޮށް ހަދާފައިވާ އެއްޗެއް ނަމަވެސް ކަރީނާ ބޭނުންވަނީ ވެސް އެފަދަ ކައިވެނީގެ ހަފުލާއެއް ކަމަށް ބޮލީވުޑް ހަބަރުތައް ބުނެ އެވެ.

ސައިފް އާއި ކަރީނާ ތައްޔާރުވަމުން އަންނަ އެ ދެތަރިންގެ ކައިވެނި ކުރުމަށް ހަމަޖައްސާފައިވަނީ މާޗް މަހުގެ ކުރީ ކޮޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ "އެޖެންޓް ވިނޯދް" ސިނަމާތަކަށް އަންނަތާ ހަފްތާއެއް ފަހުންނެވެ.

ކަރީނާ އާއި ސައިފް ލީޑްރޯލް ކުޅެފައިވާ މިފިލްމްގެ ޕްރޮމޯޝަންގެ ތެރޭގައި އެ ދެ ތަރިންގެ ކައިވެނި ރަސްމީކޮށް އިޢުލާންކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.