30 Jan 2012, 09:11
ބޮލީ ވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާންހާން އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ އުއްތަރުޕްރަދޭޝްގެ ޖަލުތަކުގައި ތިބި 400 ގައިދީން މިނިވަން ކުރުމަށް އެހީތެރިވެއްޖެ އެވެ.
ސަލްމާންހާން އުފައްދާފައިވާ ހިލޭ އެހީދޭ ޖަމިއްޔާ "ބީން ހިއުމަން" ގެ ފަރާތުން ޖަލުތަކުގެ އިސްވެރިންނަށް ލިޔެފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ޖަލުގެ ގައިދީންގެ ތެރެއިން ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތު ހަމަވެ، ނަމަވެސް ޖޫރިމަނާގެ ގޮތުގައި ޖަލަށް ދައްކަންޖެހޭ ފައިސާ އެކިއެކި ސަބަބުތަކާ ހުރެ ދެއްކޭނެ ގޮތް ނެތިފައިވާ ގައިދީންނަށް އެޖަމިއްޔާއިން އެހީތެރިކަން ދިނުމަށް ވަނީ ނިންމާފަ އެވެ.
އުއްތަރު ޕްރަދޭޝްގެ 63 ޖަލެއްގައި ތިބި 400 އެއްހާ ގައިދީން މިނިވަން ކުރުމަށް ސަލްމާން ސާޅީސް ލައްކަ އިންޑިއަން ރުޕީސް ދައްކަންޖެހެ އެވެ. ޖަލުތަކުގައި ގައިދީން ހޭދަކުރަންޖެހޭ މުއްދަތު ހަމަވެ، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ގައިދީން ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު އިތުރު ކުރެ އެވެ.