ކްއާލަލަމްޕޫރު (ޖަނަވަރީ 30) : މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ބަލިމީހެއްގެ އޮޕަރޭޝަނެއް ކުރަމުން ގެންދިޔަ ދެޑޮކްޓަރަކު ނިދި މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އެޤައުމުގެ ސިއްޙަތާބެހޭ ދާއިރާއިން ބުނެފިއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް، ޙަސަން ޢަބްދުއްރަޙްމާން ވިދާޅުވީ މިމައްސަލަ ތަޙްޤީޤް ކުރުމަށް ހެލްތް މިނިސްޓްރީން ތައްޔާރުވަމުންދާ ކަމުގައެވެ.

"ނިޔުސަންޑޭ ޓައިމްސް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޢަބްދުއްރަޙްމާން ވިދާޅުވީ މިކަން ސާބިތުވެއްޖެނަމަ އެ ދެޑޮކްޓަރުން މަޤާމުން ދުރުކުރުމުގެ އިތުރުން އެދެބޭފުޅުންގެ ޑޮކްޓަރު ކަމުގެ ލައިސަންސްވެސް ބާތިލް ކުރެވޭނެ ކަމުގައެވެ.

މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ބަލިމީހެއްގެ އޮޕަރޭޝަނެއް ކުރަމުން ގެންދިޔަ ދެޑޮކްޓަރަކު ނިދި މައްސަލައެއްގެ ޚަބަރު އެޤައުމުގެ މީޑިޔާގައި ފެތުރިފައިވަނިކޮށް އެދެ ޑޮކްޓަރުންގ ތެރެއިން އެއްބޭފުޅަކުވަނީ ރޭޑިޔޯ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ މިދިޔަ ހުކުރުދުވަހު އޭނާ، ބަލިމީހެއްގެ އެޕެންޑިކްސް އޮޕަރޭޝަނެއް ކުރައްވަމުން ގެންދަވަނިކޮށް ވަރަށް ބޮޑަށް ނިދިއައިސް ނިދިތާއްޔަށްޖެހި ކުޑަވަގުތުކޮޅަކަށް ނިދުނު ކަމަށާއި އެކަން ހިނގީ ބޭއިޚްތިޔާރުގައި ކަމަށްވިޔަސް އެކަމާމެދު ހިތާމަކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއޮޕަރޭޝަންގައި އެހީތެރިއެއްގެ ބައި އަދާކުރި ޑޮކްޓަރަކު ވެސްވަނީ އޮޕަރޭޝަންގެ ތެރޭގައި އޭނާއަށްވެސް ނިދުނު ކަމަށް އެއްބަސްވެފަ އެވެ. -- އަލްއާލަމް