08 Jul 2010, 15:35
19:00
ލައްކައެއްހާ ރުފިޔާއާ އެކު ށ. މަގޫދޫ ސިއްހީ މަރުކަޒުން ވަގަށް ނަގާފައިވާ ތިޖޫރީއެއް ވަރަށް ބޮޑަށް ގެއްލުންދިނުމަށްފަހު އެރަށު ހޭޅި ފަށުގައި ހުރި ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހަވީރު މަގޫދޫ ސިއްހީ މަރުކަޒުން ގެއްލުނު އެ ތިޖޫރީ ފެނިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އެރަށު ހުޅަނގު އުތުރު ފަރާތުގެ ހޭޅިފަށުގައި ހުރި ގަސްތަކެއްގެ ތެރެއިން ކަމަށާއި އެ ތިޒޫރީ ފެނުނުއިރު އެތިޖޫރީއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި ނަމަވެސް ތިޖޫރީ ހުޅުވިފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ ނުވަ ދިހަ އައްހާހަށްވުރެ ގިނަ ރުފިޔާއާ އެކު ތިޖޫރީ ވަގަށް ނެގި މައްސަލާގެ ތުހުމަތުގައި ފުލުހުން ވަނީ އެރަށުން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.