27 Jan 2021, 08:39
ކުޅަދާނަ އެކްޓަރު ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2" ރިލީޒްކުރާ އާ ތާރީޚު އިއުލާންކޮށްފިއެވެ.
މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އަންނަ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު އޮތް ގޮތުން ފިލްމު ރިލީޒްކުރާނީ މެއި މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައެވެ. ސަތިޔަމޭވް ޖަޔަތޭ ގެ އާ ޕޯސްޓަރެއްވެސް އިންްޑިއާގެ ރިޕަބްލިކް ދުވަހާ ގުޅިގެން އިއްޔެ ވަނީ އާންމުކޮށްފައެވެ.
ދެހާސް އަށާރަ ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ"ގެ ސީކުއެލް "ސަތިޔަމޭވް ޖަޔަތޭ 2"ގެ ޝޫޓިން ފެށީ އިންޑިއާގެ ލަކްނޯގަ އެވެ. ފިލްމުގެ ބައެއް މަންޒަރުތައް އުއްތަރަ ޕްރަދޭޝްގައި ވެސް ނަގާނެއެވެ. މި ފިލްމުގައި ޖޯން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ދިވްޔާ ކޯސްލާ ކުމާރުއެވެ.
މި ފިލްމަކީ މިލަޕް ޒަވޭރީގެ ޑައިރެކްޝަނުގެ ދަށުން ޓީ ސީރީޒްގެ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތަކެވެ.