އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު މިއަދު އިންތިހާބު ކޮށްފި އެވެ.

އެ މަގާމަށް ހަބީބު އިންތިހާބުކުރީ މިއަދު ބޭއްވި އެ ކޮމިޝަންގެ 623 ވަނަ އާންމު ޖަލްސާގަ އެވެ.

އީސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަކްރަމް މެންބަރު ކަމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އިން ބަލައި، އޭނާގެ އިތުބާރު ނެތްކަމަށް ކޮމެޓީ އިން ފާސްކޮށްފައިވަނިކޮށެވެ.