ރައީސުލްހުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން މިރޭ ސަން ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ސަރުކާރުގެ އެފަދަ މަސްއޫލިއްޔަތެއް އަދާ ކުރެއްވުމަށް އުޒުރުވެރިވާތީ އެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ހަސަން އިސްމާއީލަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމު ދެއްވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު، 17 ނޮވެމްބަރު 2018ގަ އެވެ.