ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހުޅުވުމުގެ ހުއްދަ ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުމުގެ ހުއްދަ އެ އެޖެންސީ އިން ދީފައިވާ ކަމަށެވެ.

މިއާއެކު އެޑިއުކޭޝަން މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ޓިއުޝަން ކްލާސްތަކާި ގުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވާ، ހިދުމަތް ދިނުން އެންމެ ރަނގަޅު ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ޓިއުޝަން ސެންޓަރު ތަކާއި ގުރުއާން ކްލާސްތައް ހިންގަން ވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

ކޮވިޑް19 އިން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުން ހުއްޓާލީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.