23 Jan 2021, 22:10
މިއަދު 55 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި 55 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުންނާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން ޕޮޒިޓިވި ނުވަ މީހުންނެވެ.
މި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 14،885އަށް އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައި ތިބި 1015 މީހުން ރާއްޖޭގައި ތިިބި އިރު އޭގެ ތެރެއިން 77 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުތަކުގަ އެވެ.
މިއަދު 82 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލި ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 13،813އަށް އަރާފަ އެވެ.
މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 50 މީހުންނެވެ.