މަގުމަތިން އަންހެނުންތަކަކަށް ފޮށި ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު 13:05 އެހާކަންހާއިރު ބީއެމްއެލް ޑޮލަރު އޭޓީއެމް ސަރަހައްދުގައި މަގުމަތިން އަންހެނުންތަކަކާ ފޮށި އާންމު އުނދަގޫ ކުރަމުން ދިޔަ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހާ އަކީ ބަންގްދަލޭޝްއަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ މީހެކެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.