29 Jan 2012, 13:41
އާސެނަލްގެ ސީޒަން ނިމުނީކީ ނޫން ކަމަށާއި އެކުލަބަށް ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕުގެ އުންމީދު އަދި އެބައޮތް ކަމަށް އެކުލަބުގެ ކެޕްޓަން ރޮބިން ވެންޕާސީ ބުނެފި އެވެ.
މިދިޔަ އާދީއްތަ ދުވަހު މެންޔުނައިޓެޑާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން އާސެނަލް ބަލިވުމުން އެޓީމަށް ވަނީ ޕްރެމިއާ ލީގުގެ އުންމީދަށް ހުރަސް އެޅިފައެވެ.
"އާސެނަލް އަށް ކާމިޔާބީ ލިބުމުގެ ހުރިހާ ދޮރެއް އަދި ބަންދެއް ނުވޭ. ޕްރެމިއާ ލީގާއި ކާލިންގް ކަޕް ކާމިޔާބު ކުރުމަށް ހުރަސް އެޅުނު ނަމަވެސް ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕު ކާމިޔާބު ކުރުމުގެ އުންމީދަށް އަދި ހަރަހެއް ކުރިމައްޗެއް ނުވޭ. މި ދެ މުބާރާތް ކާމިޔާބު ކުރުމަށް އަހަރެމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" ވެންޕާސީ ބުންޏެވެ.
އާސެނަލް އަށް ތަށްޓެއް ކާމިޔާބު ނުވާތާ މިހާރު ހަ އަހަރު މިވަނީ ވެފައެވެ. އާންމުކޮށް ގަދަ ޕްރެމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮތުމަށް ފަހު، ޗެމްޕިއަންސް ލީގަށް ދަތުރުކުރާ އާސެނަލް އަށް ވަކި ހިސާބަކުން ނާކާމިޔާބީ ލިބުމުން އެމުބާރާތުން ވެސް ވަކިވާން ޖެހެއެވެ.