21 Jan 2021, 17:46
ކޮވިޑް-19 ޖެހިގެން ރާއްޖެއިން 50 ވަނަ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން މިއަދު ބުނީ، މިއަދު ހެނދުނު 9:50ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.
އޭނާ މަރުވީ މިއަދު ހެނދުނު 10:14ގަ އެވެ.
މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި 50 ވަނަ މީހާ އެވެ.
މިއަދު ކޮވިޑް-19 ޖެހިގެން 50 ވަނަ މީހަކު މަރުވެފައިވާއިރު، މި ފަހުން އަނެއްކާވެސް ރާއްޖޭގެ ކޮވިޑް-19 ކޭސްތައް ދަނީ އިތުރުވަމުންނެވެ.