21 Jan 2021, 12:17
ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ މުޅި މަޝްރޫއުގެ 70 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދުގައި ޕޭމަންޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ތެރޭގައި 55،163 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 356 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ އިތުރުން 182 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
މީގެ އިތުރުން 2،320 އަކަމީޓަރު ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއަށް 67.6 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.