ހަފްތާގެ ތިން ދުވަހު، ލޮނުޒިޔާރަތް ޕާކުގައި ޔޯގާ ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިންޑިއަން ކަލްޗުރަލް ސެންޓަރާއި މާލޭ ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ޔޯގާ ސެޝަންތައް ކުރިއަށްދާނީ ކޮންމެ ހުކުރު، ހޯމަ އަދި ބުދަ ދުވަހެއްގަ އެވެ.

ކައުންސިލުން ބުނީ ޔޯގާ ސެޝަން ކުރިއަށްދާނީ ހެނދުނު 06:00 އިން 07:00 އަށެވެ.

މިއަދުން ފެށިގެން އެ ސެޝަންތައް ފަށާފައި ވާއިރު ކޮންމެ މީހަކަށް ވެސް އެ ސެޝްނަތަކުގައި ބައިވެރިވެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ސެޝަންތަކުގައި ބައިވެރިވާން ބޭނުން މީހުން، އަމިއްލަ ޔޯގާ މެޓާއި ފެންފުޅި ގެންދަން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޕްލާސްޓިކް ފުޅި ނުގެންދަން ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.