މީގެ އަހަރެއްހާ ދުވަސްކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާން 25، އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

ސާރާ ރާއްޖެ އައިސް މިފަހަރު ހުރީ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓްގައެވެ. އެ ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ވަނީ ހިއްސާވެސްކޮށްފައެވެ.

ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އާއެކު ރާއްޖެ އައީ ކޮން ބައެއްކަން އެނގިފައެއް ނުވެއެވެ. މިދިޔަ އަހަރު ސާރާ ރާއްޖެ އައީ އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ޚާން އާ އެކުގައެވެ. އެ ފަހަރު އެމީހުން ޗުއްޓީ ހޭދަކުރީ ލަކްސް ނޯތު މާލޭ އެޓޯލް ގައެވެ.

ބޮލީވުޑްގެ އުންމީދީ ތަރި ސާރާގެ ފިލްމަކަށް އެންމެ ފަހުން ފެނިގެންިޔައީ ވަރުން ދަވަން އާއެކު ކުޅުނު "ކޫލީ ނަންބަރު 1"އެވެ. އެ ފިލްމަށް އާންމުންގެ މާބޮޑު ތަރުހީބެއް ލިބިފައެއްނުވެއެވެ. ބަތަލާ ސާރާ ބޮލީވުޑަށް ނުކުތީ 2018 ވަނަ އަހަރު ނުކުތް ފިލްމު "ކެދާނަތު"އިން ސުޝާންތު ސިންހް ރާޖްޕުތް އާއެކުގައެވެ.