އިޓަލީގެ ޕަލާމޯ މިޑްފީލްޑަރު ޖޯސިޕް އިލިޗިކް ހޯދުމަށް އިންޓަމިލާން އިން ކުރަމުންދާ މަސައްކަތަށް އަދިވެސް ނިމުމެއް ނުގެންނަކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތަކުން ބުނަން ފަށައިފި އެވެ.

އިލިޗިކް އަކީ މިސީޒަން ފެށުނީއްސުރެ ޕަލާމޯ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރި އެކެވެ.

ޕަލާމޯ އިން އާޖެންޓީނާ މިޑްފީލްޑަރު ހާވިއާ ޕާސްޓޯރް ވަކިވެ ފްރާންސް ގެ ޕެރިސް ސެއިންޓް ހިލްޓަން އާއި މިސީޒަނުގައި ގުޅުމުން، ޕަލާމޯ އިން ދަނީ އިލިޗިކްގެ ބޭނުން ވަރަށް ބޮޑަށް ހިފަމުން ނެވެ.

ޕަލާމޯ އާއި އިލިޗިކް ގުޅުނީ މިދިޔަ ސީޒަނުގަ އެވެ.

އިލިޗިކް ގެ މޮޅު ކުޅުމުގެ ސަބަބުން ގިނަ ކުލަބުތަކަކުން އޭނާ ހޯދުމަށް މަސައްކަތް ފަށާނެ ކަމަށް އިޓަލީ އިން ނެރެމުންދާ ރިޕޯޓްތަކުގައި ވެއެވެ. ނަމަވެސް ޕަލާމޯ އާއި އިލިޗިކް އާއި ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2016 ވަނަ އަހަރު އެވެ.