20 Jan 2021, 12:31
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ގައުމާ މުހާތަބު ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވަނީ މެންދުރުފަހު، 2:00ގަ އެވެ.
އެމަނިކުފާނުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ރައީސްގެ ވާހަކަފުޅުގައި ކޯވިޑް19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
މިއަދު ރައީސް ގައުމާ މުހާތަބު ކުރައްވާއިރު އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް މިއަދު މެންދުރު ރާއްޖެއަށް ލިބޭނެ އެވެ. އިންޑިއާއިން ރާއްޖެ ފޮނުވަނީ އޮކްސްފޯޑުގެ ވެކްސިން "ކޮވި ޝީލްޑް" އެވެ.