މެންޗެސްޓާ ސިޓީގެ އިނިގިރޭސި މިޑްފީލްޑަރު އޮވެން ހާގްރީވްސް އަށް އޭނާ ކުރިން ދައްކަމުން އައި ކުޅުން ދެއްކިދާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

"އެހާ ގިނައިން އަނިޔާގައި ހުރުމަކީ އުނދަގޫ ކަމަކަށް ވާނެ. މެންސިޓީ ގައި ވިސްނުންތޫނު ކުޅުންތެރިން ތަކެއް ތިބޭ ޓީމެއް. ހަމަ އެގޮތަށް ހާގްރީވްސް އަކީ ވެސް އޭގެ ކުޅުންތެރިއެއް. އޭނާ އަކީ ކުރިން އިނގިރޭސި ގައުމީ ޓީމަށް ވެސް އާންމުކޮށް ކުޅޭ ކުޅުންތެރިއެއް. ބެޔާންގައި ހުރި ދުވަސްވަރު އޭނާ ދެއްކި ކުޅުން ދެއްކިދާނެ ކަމަށް އަހަރެން ގަބޫލުކުރަން،" ވެންގާ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު ގިނަ ފަހަރެއްގެ މަތިން އަނިޔާ އާއި ކުރިމަތިވި އޮވެން ހާގްރީވްސް އަށް ހަތަރު އަހަރު ތެރޭ އެކުލަބުން ފެނިފައިވަނީ އެންމެ އަށާރަ މެޗު ގައެވެ.

އަނިޔާއަށް ފަހު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗު ނުނިމެނީސް ހާގްރީވްސް އަށް އަނިޔާވެފައިވާކަން ފާހަގަކޮށްލެވެއެވެ.