މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ދުރުވެ، ރިޓަޔާ ކުރުމުގެ އެއްވެސް ޚިޔާލެއް ނެތްކަމަށާއި އެއީ ޒުވާން ތަޖުރިބާކާރު މަދު ކޯޗުން ކުރާކަމެއް ކަމަށް މެންޔުނައިޓެޑުގެ ކާމިޔާބީ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

މެންޔުނައިޓެޑްގެ ކޯޗު ފާގަސަން އަކީ ދުނިޔޭގެ ފުޓުބޯޅަ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބީ ކޯޗުތަކުގެ ތެރޭގައި ހިމެނޭ އެއް ކޯޗެވެ. މެންޔުނައިޓެޑަށް ކޯޗުކަން ކޮށްދޭތާ މިހާރު 25 އަހަރު ވެފައިވާ ފާގަސަން ވަނީ އެކުލަބަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފަ އެވެ.

"ކޯޗުކަން ކޮށްދިނުމުން ރިޓަޔާކުރުމުގެ އެއްވެސް ޚިޔާލެއް ނެތް. މިހާރު މެންޔުނައިޓެޑުގައި ހުރި އެންމެ މުހިންމު އެކަކީ ކޯޗުކަން ކަމަށް އަހަރެން ވެސް ގަބޫލުކުރަން. އެހެން ނޫނަސް، ރިޓަޔާކުރުމަކީ ތަޖުރިބާ މަދު، ޒުވާން ކޯޗުން ކުރާ ކަމެއް،" ފާގަސަން ބުންޏެވެ.

މެންޔުނައިޓެޑަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދެވުން ކަމުގައި ވިޔަސް، މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެކުލަބަށް ކާމިޔާބީ އެއް ހޯދައިދެވިފައެއް ނުވެއެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އެކުލަބު ކަޓާފައި ވާއިރު، ޕްރެމިއާ ލީގުގައި އެކުލަބު އުޅެނީ ދެވަނައި ގައެވެ.