އއ. ވެލިގަނޑު ރިސޯޓުގެ ކޮޓަރިއެއްގައި ރޯވި އަލިފާން އެތަނުގެ މުވައްޒަފުންގެ މަސައްކަތުން ކޮންޓްރޯލްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ވަގުތު ހިނގި އެ ހާދިސާގައި އަލުފާން ރޯވީ އެ ރިސޯޓުގެ ގެސްޓް ކޮޓަރިއެއްގައި ކަމަށެވެ. އަދި ސިފައިން އެ ރަށަށް ދިޔައިރު އެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ އަލިފާން ހިފަން މެެދުވެރިވި ސަބަބެއް ނޭނގެ އެވެ. މިފަހަކަށް އައިސް ރިސޯޓުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ އާންމުވެފަ އެވެ.