މަޝްހޫރު ޒުވާން ބަތަލާ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ފިލްމު
"ގަންގޫބާއި ކަތިއަވާޅީ"ގައި ނުނިމި ހުރި މަންޒަރުތައް ޝޫޓްކުރަން ފަށައިފިއެވެ.

ފިލްމުގެ ޝޫޓިން އަލުން އާލިއާ ފެށިއިރު މި ފިލްމު މި އަހަރު ދިވާލީގައި ރިލީޒްކުރުމަށް ވަނީ އަމާޒުހިފާފައެވެ. ގަންގޫބާއި އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން އަމާޒު ހިފިއިރު ޝާހިދު ކަޕޫރުގެ "ޖާޒީ'"ވެސް އެ މަހު ރިލީޒްކުރާނެއެވެ.

އިންޑިއާގެ ދިވާލީ މަހަކީ ގިނަ ފިލްމުތަކެއް ސިނަތާކަށް އަންނަ އަހަރެކެވެ. ގަންގޫބާއީ ގެނެސްދޭނީ ނޮވެމްބަރު މަހުގެ މެދުތެރޭ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ. ނަމަވެސް ކޮވިޑް 19ގެ ބަލިމަޑު ކަމުގެ ސަބަބުން ފިލްމުގެ ޝޫޓިން ނުނިމި ސިނަމާތައް ވެސް ބަންދުކުރުމާއެކު ފިލްމު ރިލީޒްކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް ގެނެސްދޭ އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.