ޓީވީ އެކްޓަރު މޯހިތު މާލިކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިހާރު ސްޓާޕްލަސް އިން ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ލޮކްޑައުން ކީ ލަވް ސްޓޯރީ"ގައި ފިރިހެން ލީޑު ރޯލު ކުޅެމުން އަންނަ ތަރި މޯހިތަށް ކޮވިޑް ޖެހުނުކަން އޭނާ ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

މޯހިތު ބުނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ރައްކާތެރިކަމާ އެކު އުޅުނު ނަމަވެސް ކޮވިޑް ޖެހުމުގެ ހަނި ފުރުސަތެއް ނަމަވެސް އޮންނަ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ހުންވައްތަރު ވުމުގެ ސަބަބުން އެންމެ ފުރަތަމަ ކަމަކަށް އަވަސްވެގަތީ ކޮވިޑަށް ޓެސްޓްކުރަން ކަމަށާއި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވި ކަމަށެވެ.

އަދި ޕޮޒިޓިވްވިކަން އެނގުމުން ވަގުތުން ކަރަންޓީންވި ކަމަށާއި މިވަގުތު އައިސޮލޭޝަންގައި ހުރި ކަމަށެވެ. އަދި ހާލު މިވަގުތު ރަނގަޅުކަމަށް ވެސް މޯހިތު ވަނީ ބުނެފަ އެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސްތެރޭ އޭނާ އާ ބައްދަލުވި ހުރިހާ އެންމެންގެ ސަމާލުކަމަށް މިކަން ގެނެސްފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މޯހިތު ޕޮޒިޓިވްވި އިރު އޭނާގެ ބަނޑުބޮޑު އަންހެނުން އަދިތީ ވެސް ވަނީ ކަރަންޓީނުގަ އެވެ. އަދި އޭނާގެ ނަތީޖާ އެއް ނުލިބެ އެވެ.

މޯހިތު ކުޅެފައިވާ ބައެއް މަގްބޫލު ސީރިއަލް ތަކުގެ ތެރޭގައި "ކުލްފީ ކުމާރު ބާޖެވާލާ"، "ޑޮލީ އަރްމާނޯ ކީ" އަދި ""ޕަރީ ހޫން މޭ"ހިމެނެ އެވެ.