14 Jan 2021, 20:05
ހުޅުމާލެގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެނެސްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެއަށް ހިޖުރަކުރާ މީހުންނާއި އެ އަވަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ގިނަވެފައިވާއިރު، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަންތަނަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ވަނީ ބަދަލު ގެނެސްފައި
އެގޮތުން ހުޅުމާލޭގެ މަގުތަކަކީ ފަސޭހައިން ބޭނުން ކުރެވޭނެ މަގުތަކަކަށް ހެދުމަށް އެޗްޑީސީ އިން ޕްލޭނެއް އެކުލަވާލާ، އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިއާއެކު ހުޅުމާލޭގެ 13 މަގެއް އެއްކޮޅަށް ދުއްވާ މަގުތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން މަގުތަކުގައި ޖަހާފައިވާ ބައްތިތައް އިތުރުކުރުމުގެ މަސައްކަތްވެސް އެޗްޑީސީ އިން ވަނީ ފަށައިފައިފައެވެ.