އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ، އެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ތަމްރީން ޕްރޮގްރާމްގައި ހަތިޔާރާއި ގޮވާތަކެތިވެސް ބޭނުން ކުރާނެ ކަމަށް އެމްއެންޑިއެފް ބުންޏެވެ.

"މި ތަމްރީނުގައި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވެސް ވަނީ ހަމަޖެހިފައި،" އެމްއެންޑީއެފްއިން ބުންޏެވެ.

އެހެންކަމުން އެކަމަށްޓަކައި ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ.