ރާއްޖެއިން މިއަދު އިތުރު 59 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 2،768 ސާމްޕަލުން 59 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 33 ކޭސްއާއި އޮޕަރޭޓު ކުރަމުންދާ ރިސޯޓުތަކުން ފެނުނު ހަ ކޭސްއާއި މީހުން ދިރިއުޅޭ ރަށްރަށުން ފެނުނު 20 ކޭސް އެވެ.

އެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 14،218އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 760 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 53 މީހަކަށެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު 37 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 13،402 އެވެ.

މި ބަލީގައި ރާއްޖެއިން 49 މީހަކު ވަނީ މަރުވެފަ އެވެ.