Last Updated:
1 decade 4 year ago

އިދިކޮޅު މުޒާހަރާ ރޫޅާލައިފި

    ބުލޮގު ޚުލާސާ
    އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ ސިލްސިލަ މުޒާހަރާއަށް މިރޭ ވެސް ތައްޔާރުވެފައިވެ އެމްއެމްއޭ ސަރަހަދަށް ތަޅާފިލީގެ ޕިކަޕް ގެންގޮސްފައިވާއިރު މާލޭ ސިޓީ ކައުންސިލުން ވަނީ އާ ލޯކަލް މާރުކޭޓާ ހަމައިން ފެށިގެން ބޮޑުތަކުރުފާނުގެ މަގުގެ އެކި ދިމަ ދިމާއިން މަގަށް ދަގަނޑު ހޮޅިޖަހަން ފަށައިފަ އެވެ.

    ހޮޅިޖަހަމުންދާއިރު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސިޓީ ކައުންސިލުގެ މޭޔަރާއި އެހެން ބޭފުޅުން ވެސް އެބަތިއްބެވި އެވެ.

    ސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ފަލާހު މިރޭ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރާ ސަރަހައްދުގައި ދަގަނޑު ހޮޅި ޖަހަން ފެށީ މުޒާހަރާއަށް ހުރަސް އެޅުމަށް ނޫން ކަމަށާއި ދެކަން އެއްފަހަރާ އެއްތަނަކުން ދިމާވުން އެއީ އިއްތިފާގެއް ކަމަށެވެ.

    އަދި ވިދާޅުވީ ކައުންސިލުން ނިންމާފައި ވަނީ މަގުގެ ވާތްފަޅިން ދަގަނޑު ހޮޅި ޖަހައި ފެންސަކުން ބޮޑު ފާލަމާ ހަމައަށް ބައްދާލުން ކަމަށާއި އެ މަސައްކަތް މިރޭ ފެށީ އެކަމަށް ބޭނުންވާ ސާމާނު ލިބުމުން ކަމަށެވެ.

    01:32އަލިކިލޭގެ ފާނު މަގުން:

    މުޒާހަރާ ބައިބައިވެއްޖެ. އަލިކިލޭގެ ފާނު މަގުގައި ތިބި މަދު ބަޔަކު މަޖީދީ މަގަށް ނުކުމެއްޖެ.
    01:27މުޒާހަރާގެ ތެރެއިން

    ރަޔަޓް ގިޔަރުގައި ތިބި ސިފައިން މުލިއާގެއަށް ވަދެވޭ މަގުތައް ބައްދާލާފި. މުޒާހަރާގެ ބައިވެރިން ގޯޅިތަކުން ގޮސް އަލިކިލޭގެ ފާނު މަގަށް ނުކުމެއްޖެ.
    01:24މުޒާހަރާގެ ތެރެއިން

    ލިލީ މަގުން މުލިއާގެއާ ދިމާލަށް ދަނިކޮށް ފުލުހުންގެ ވެހިކަލަކުން މުޒާހަރާއަށް ހުރަސްއަޅައިފި. ނަމަވެސް ބައެއް މީހުން މުލިއާގެއަށް ނައްޓާލައިފި.
    01:19މުޒާހަރާގެ ތެރެއިން:

    މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގާއި މަޖީދީމަގުގެ ހަތަރު އަނގޮޅި ކަންމަތީ (ޗާންދަނީ މައިދާން) ގައި ތިއްބައި ރަޔަޓް ފުލުހުން ފައުޖަކުން އެ މީހުން އެ ސަރަހައްދުން ފައްސާލައިފި. ބައެއް މީހުން ހޯމް މިނިސްޓާ ހަސަން އަފީފު ދިރިއުޅުއްވާ ގެ ކައިރިއަށް ނައްޓާލައިފި.
    01:16މުޒާހަރާގެ ތެރެއިން:

    މުޒާހަރާގެ ބައިވެރިން އަނެއްކާވެސް ޗާންދަނީ މަގާއި މަޖީދީ މަގުގެ ހަތަރު އަނގޮޅީ ކަންމައްޗަށް ޖަމާވެއްޖެ. އެ ސަރަހައްދުގައި ތިބި ފުލުހުން އެމްއެންބީސީއާ ދިމާލަށް ނައްޓާލައިފި.
    01:13

    މުޒާހަރާ ބައިވެރިން ޗާންދަނީ މަގުން ދެކުނަށް ނައްޓާލައިފި.
    01:11މުޒާހަރާގެ ތެރެެއިން

    މުޒާހަރާގެ ބައިވެރިން ޗާންދަނީ މައިދާނާ އަރާ ހަމަވެއްޖެ. ރަޔަޓް ފުލުހުން އެ ސަރަހައްދުގައި އެބަ ތިބި. ނަމަވެސް ފުލުހުން މުޒާހަރާއަކަށް ހުރަހެއް ނާޅާ.
    01:09މުޒާހަރާގެ ތެރެއިން

    މުޒާހަރާގެ ބައިވެރިން މަޖީދީމަގުން އިރަށް، ޗާންދަނީ މައިދާނާ ދިމާލަށް ނައްޓާލައިފި. އަދި މަޑު ކުރާނެ ވަކި ސަރަހައްދެއް ނުބުނޭ.
    01:05މަޖީދީ މަގުން:

    މުޒާހަރާގެ ބައިވެރިން ބެންކް އޮފް މޯލްޑިވްސް ކައިރީގައި މަޑުކޮށްލައިގެން ތިބެ، ސަރުކާރާ ދެކޮޅަށް އަޑު ފުލުހުންގެ އެވެސް އިޝާރާތެއް އަދި އެ ސަރަހައްދަކުން ނުފެނޭ.
    00:59މުޒާހަރާގެ ތެރެއިން

    ބެންކް އޮފް މޯލްޑިވްސް ކައިރީގައި މުޒާހަރާގެ ބައިވެރިން އަދިވެސް މަޑުކޮށްލައިގެން އެބަތިބި. ނިހާން އާއި އިލްހާމް ވެސް އެބަ ހުންނެވި. އަބްދުﷲ ގާޒީ މިނިވަން ކުރުމަށާއި ރައީސް ނަޝީދުގެ އިސްތިފާއަށް އަޑު އުފުލަމުން އެބަދޭ.
    00:56މުޒާހަރާގެ ތެރެއިން

    މުޒާހަރާގެ ބައިވެރިން މަޖީދީ މަގު، ބެންކް އޮފް މޯލިޑްވްސް ބްރާޗް ކައިރީގައި މަޑުކޮށްފި. އަދި ދާނެ ވަކި މިސްރާބެއް ކަނޑައަޅާފައި ނުވޭ.
    00:53މުޒާހަރާގެ ތެރެއިން

    ޗާންދަނީ މައިދާނަށް ވަދެވޭ މަގުތައް ފުލުހުން ބަންދުކޮށްފި. މުޒާހަރާގެ ގިނަ ބަޔަކު މިހާރު ތިބީ މަޖީދީމަގު ޒިކުރާ މިސްކިތް ކައިރީގައި.
    00:50ޗާންދަނީ މަގުން:

    މަސް މާރުކޭޓް ސަރަހައްދުގައި ތިބި މުޒާހަރާގެ މަދު ބައިވެރިން ވެސް ޗާންދަނީ މައިދާނަށް މިސްރާބު ޖަހައިފި.
    00:46ޗާންދަނީ މަގުން

    ނިހާން އާއި އިލްހާމް އިސްވެ ހުންނަވައިގެން މުޒާޙަރާ ބައެއް މީހުން ޗާންދަނީ މައިދާނަށް މިސްރާބު ޖެހުން ފުލުހުންގެ ފައުޖެއް އެ ސަރަހައްދަށް ނައްޓާލައިފި. ނަމަވެސް މަސްމާރުކޭޓް ސަރަހައްދުގައި އަދިވެސް މަދު ބަޔަކު ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން އެބަދޭ. އެ ސަރަހައްދުގައި މުޒާހަރާއަށް ހުރަސްއެޅި ފުލުހުންނާއި އާއްމުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުން އެބަދޭ.
    00:41އެމްއެމްއޭ ސަރަހައްދުން

    މުޒާހަރާގެ ބައިބައިވެއްޖެ. އެއްބަޔަކު މަސްމާރު ކޭޓް ހުންނަ ސަރަހައްދުގެ ގޯޅި ތެރޭގައި އެބަތިބި. ބައެއް މީހުން ޗާންދަނީ މައިދާނަށް ނައްޓާލައިފި.
    00:39އެމްއެމްއޭ ސަރަހައްދުން

    މުޒާހަރާ ހޫނުވެ، އާންމުނާއި ފުލުހުން ކުރިމަތިލާން ފަށައިފި. ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައި. އެކަކު ހައްޔަރުކޮށްފި
    00:38އެމްއެމްއޭ ސަރަހައްދުން

    މުޒާހަރާގެ ބައިވެރިން ދަތުރު ކުރަމުންދިޔަ މަގުގެ ދެ ކޮޅު ވެސް ފުލުހުން ބައްދާލައިފި. އެކަމަކު އަދި އެއްވެސް މީހަކު ހައްޔަރު ނުކުރޭ.
    00:35އެމްއެމްއޭ ސަރަހައްދުން

    ޗާންދަނީ މައިދާނަށް ނައްޓާލަން އުޅެނިކޮށް މިރޭ ވެސް މުޒާހަރާގެ ބައިވެރިން ޕިކަޕް ފުލުހުން ހިފަހައްޓައިފި.
    00:33އެމްއެމްއޭ ސަރަހައްދުން

    ސިޔާސީ ޕާޓީތަކުގެ އިސްވެރިން ތިބި ޕިކަޕުގެ ފަހަތަށް މުޒާހަރާގެ ބައިވެރިން ޖެއްސުމަށްފަހު ޗާންދަނީ މައިދާނަށް ދާދި ދެންމެއަކު ނައްޓާލައިފި
    00:31އެމްއެމްއޭ ސަރަހައްދުން

    މުޒާހަރާގެ މިސްރާބު ޗާންދަނީ މައިދާނަށް ބަދަލުކޮށްލާނެ ކަމަށް ބުނެފި.
    22:36

    މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު މެންބަރު އިސްތިއުފަ ދެއްވެވީ އައްބާސް އާދިލް ރިޒާ މުޒާހަރާއާ ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެބަގެންދަވާ. އޭނާ ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުން.
    22:17މާރުކޭޓް ސަރަހައްދުން

    ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ހަރަދުތައް ކުރުމަށް ފަންޑެއް ހުޅުވާފައިވާ ކަމަށް މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ސަންދާން އަހަންމައިދީ ވިދާޅިވެއްޖެ. އޭނާ ވިދާޅުވީ އެފަންޑަށް ފައިސާ ހަދިޔާ ކުރުމުގެ ދޮރު ހުޅުވަލާފައިވަ ކަމަށް.
    22:10

    މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ދެންމެއަކު ސިޓީ ކައުންސިލްގެ މެންބަރު އަފަރާހު ވަދެވަޑައިގަތުމުން ބައެއް މީހުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އޭނާގެ ފަހަތުން ދެންމެ ގޮސްފައި.
    21:57މަސް މާރު ކޭޓް ސަރަހަދުން

    އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ދާދި ދެންމެއަކު މުޒާހަރާއާ ގުޅިވަޑައިގެންފައި. މުޒާހަރާއާގެ ބައިވެރިން އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުންދާއިރު އެ ސަރަހައްދުގައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް އަދިވެސް ކުރިޔަށް އެބަދޭ.
    21:52އެމްޑީޕީ ހަރުގެއިން

    ސުޕްރީމް ކޯޓްގެ ބެންޗުގައި ތިން ފަނޑިޔާރުން ބައިތިއްބާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު އެމްޑީޕީގެ ހަރުގޭގައި ދެއްވައިފި.
    21:44އެމްޑީޕީގެ މައި ހަރުގެއިން

    އެމްޑީޕީން ވަކިވެވަޑައިގެންނެވި އަބްދުﷲ ޖާބިރާއެކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރި މުހައްމު ސޮދުރީ (ދުންމާރި ނާޒިމް) އަލުން އެމްޑީޕީއާ ގުޅި މިއަދު ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށް އެމްޑީޕީގެ މައި ހަރުގޭގައި މިރޭ އިއުންކޮށްފި އެވެ. އޭނާ ބުނީ ޕާޓީން ވަކިވިތާ 48 ގަޑިއިރު ނުވަނީ އަލުން އެމްޑީޕީއާ ގުޅުނީ އެމްޑީޕީއާ ވަކިވެ އެހެން ޕާޓީއެއްގައި އުޅެން އޭނާއަށް އުނދަގޫވާނެތީ ކަމަށެވެ.
    21:32މަސްމާރުކޭޓް ސަރަހައްދުން

    މުޒާހަރާ ކުރާ ސަރަހައްދުގައި ސިޓީ ކައުންސިލުން ދަގަނޑު ހޮޅި ޖަހަން ފަށާފައިވާތީ އާއި ފުލުހުން ސަފުތައް ރުކުރުވާލާފައި އޮތުމުން މިރޭގެ މުޒާހަރާ ފަށާފައި ވަނީ މަސް މާރުކޭޓާ ހަމައިންނެވެ. މުޒާހަރާގެ އިސް ބޭފުޅުން އިއުލާން ކުރައްވާފައި ވަނީ މިރޭ 10:00 ޖަހާއިރު އިދިކޮޅު ލީޑަރުން ވެސް މުޒާހަރާއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.