ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ ރެކްޓާއަކަށް ޑރ. ސުނީނާ ރަޝީދު ހަމަޖައްސައިފި އެވެ.

މިއަދު އެ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެވިޑް ކޮލެޖުގެ އިސް މަގާމުތަކަށް ޕްރޮމޯޓްކުރި ފަރާތްތަކާއި އިތުރު މަގާމުތަކަށް ހަމަޖެއްސި ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ޑރ. ސުނީނާ މީގެ ކުރިން ހުންނެވީ އެވިޑް ކޮލެޖުގެ ވައިސް ރެކްޓާގެ މަގާމުގަ އެވެ.

ޑރ. ސުނީނާއަކީ ގައުމީ ޔުނިވާސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

އެވިޑް ކޮލެޖުގެ މަގާމުތަކަށް ޖަމަޖެއްސި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެވިޑް ކޮލެޖު

އެވިޑް ކޮލެޖުގެ އިތުރު މަގާމުތަކަށް މިއަދު އައްޔަނުކުރި އިތުރު ބޭފުޅުން

  • އަހުމަދު ފަޔާޒް ހަސަން - ވައިސް ރެކްޓާގެ މަގާމަށް
  • އަލީ ރަޝީދު - ވައިސް ރެކްޓާގެ މަގާމަށް
  • ޑރ. މުހައްމަދު ސޯލިހް - އެކްޒިކިއުޓިވް ޑީން އޮފް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މަގާމަށް
  • އައިޝަތު އީމާން - ކޮލިޓީ އެޝުއަރެންސް ބޯޑްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމަށް
  • ނާހިދާ އިސްމާއިލް - ފެކަލްޓީ އޮފް ހިއުމަން ޑިވޮލޮޕްމަންޓްގެ ކޯޑިނޭޓަރުގެ މަގާމަށް
  • މުހައްމަދު ފައިސަލް - ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ މެނޭޖަރުގެ މަގާމަށް
  • އަލީ ޝިޔާމް - ސީނިއާ އޮފީސް ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ މަގާމަށް