ބިޔާދޫ އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 53 އަށް އަރައިފި އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިއްޔެ އެ ރިސޯޓުން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު ވަނީ 53 އަް އަރާފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި އެ ރިސޯޓުން މިހާތަނަށް ވަނީ 104 މީހެއްގެ ސާމްޕަލް ނަގައިފަ އެވެ.

އެ ރިސޯޓުން އެންމެ ފުރަތަމަ ކޭސް ފެނުނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ގިނަ ކޭސްތަކެއް ފެންނަމުން ދަނީ އެ ކޭސްއާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.