ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، ޝަމާލް ކޮވިޑަށް ޕޮޒިޓިވްވީ އިއްޔެ ކަމަށެވެ. އަދި ވައިރަހަށް ޓެސްޓުކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށެވެ.

ވައިރަހަށް ޕޮޒިޓިވްވުމާ އެކު، ޗީފް މިހާރު ހުންނެނީ އަމިއްލައަށް ގޭގައި އައިސޮލޭޓްވެގެން ކަމަށާއި، ކަރަންޓީނު ކުރަންޖެހޭ އިތުރު ފަރާތްތައް ވެސް މިހާރު ކަރަންޓީންކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޝަމާލް އެއްވެސް އިޖުތިމާއީ އެއްވުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި އަދި ރާއްޖެއިން ބޭރަށް ވެސް ވަޑައިގެންފައި ނުވާ ކަމަށެވެ.