މިއަދު ރާއްޖެއިން 25 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 15 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހުން ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 14،065އަށް އަރާފަ އެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 29 އެވެ. މިހާރު ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 13،308 އެވެ.

މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބި 701 މީހުން އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން 47 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންނެވެ.

މިއަދު ޓެސްޓްކޮށްފައި ވަނީ 2،422 ސާމްޕަލެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް 49 މީހަކު މަރުވެފައިވެ އެވެ.