09 Jan 2021, 20:00
ގދ. ތިނަދޫގެ ފެން ޕްލާންޓުގައި ބަޔަކު ދަނގަނޑު ޓޭންކެއް ކެފުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ ރަށު ފެން ޕްލާންޓުގައި ޓޭންކެއް ކެފުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓު މިއަދު 18:00 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
ތިނަދޫ ކައުންސިލުގެ މެމްބަރު އަލީ އަމްޖަދު ވިދާޅުވި ގޮތުގައި އަލިފާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަށު ފަޔާ ސްޓޭޝަނުން ވަނީ ނިއްވާލައިފަ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވެ އެވެ.
އަލިރާން ރޯވި ފެން ޕްލާންޓަކީ ފެނަކައިން ހިންގާ ފެން ޕްލާންޓެކެވެ.
ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.