ފުވައްމުލަކު ސިޓީގައި ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަދިން ފެނުނު ކުޑަ ކުއްޖާ މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވީ ފުވައްމުލަކު ދޫޑިގަން، އުމުރުން 17 އަހަރުގެ އަހްމަދު ފައުޒަން އެވެ.

މޫދަށް ގޮސް އުޅެނިކޮށް އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ 16:47 ގައި ކަމަށެވެ.

އެކުއްޖާ ފެނުނީ 17:50 ހާއިރު، އެކުއްޖާ މޫދަށް އެރުނު މާނޭރެ އަތިރި ސަރަހައްދުގެ މޫދު އަޑިންނެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިރޭ 18:41 ހާއިރު ކުއްޖާ މަރުވެފައި ވާކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވާ ޏ. ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.