ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ކާމިޔާބު ފްރެންޗައިޒް "ސިންގަމް 3"ގައި ވިލަންގެ ބައިން ފެނިގެންދާނީ ޖެކީ ޝްރޮފް ކަމަށް ޚަބަރުތައް ބުނެފި އެވެ.

އެކްޓަރު ޖެކީ މި ފިލްމުގެ ވިލަންގެ ރޯލުން ފެނިގެންދާނީ "ސިންގަމް"ގެ ތިން ވަނަ ބައި ގުޅޭނީ ފިލްމު "ސޫރިޔަވަންޝީ”ގެ ނިމޭ ހިސާބުންނެވެ. ރަންވީރު ސިންހް، އަކްޝޭ ކުމާރު އަދި އަޖޭ ލީޑު ރޯލުން ފެނިގެންދާ ސޫރިޔަވަންޝީ ނިމޭއިރު ނިމޭނީ އަޖޭ އާ ޖެކީގެ ވަރުގަދަ ކުރިމަތިލުމަކުންނެވެ. އަދި އެ ކުރިމަތިލުމުގައި ދެން ކަންތައް ހިނގާ ގޮތް ފެނިގެންދާނީ "ސިންގަމް" އިންނެވެ.

ފިލްމުގެ ޑްރާފްޓް ސްކްރިޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޚަބަރުތައް ބުނި ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

އަޖޭގެ ސިންގަމްގެ ފުރަތަމަ ބަޔަށް ބޮކްސް އޮފީހުގައި 1.48 ބިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު ފިލްމުގެ ދެވަނަ ބަޔަށް ވަނީ 215 ކުރޯޑުގެ އާމްދަނީ އެއް ލިބިފައެވެ. ނާއިންސާފަށް މަސައްކަތް ކުރާ މީހުން ހަމަ ބިމަށް ތިރި ކުރާ ހިއްވަރުގަދަ ފުލުހުއްގެ ރޯލުން އަޖޭ ފެނިގެންދާ މި ފިލްމުތަކަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައިފައިވާ އިންސްޓޯލްމަންޓެކެވެ. ފިލްމު "ސިމްބާ" އަކީ މި ފިލްމުގެ ކްލައިމެކްސްއެކެވެ.