08 Jan 2021, 21:14
ގއ. ދެއްވަދު އިން ކޮވިޑަށް ޕޮޒިޓިވްވި 79 އަހަރުގެ މީހާ އެއަތޮޅު ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހްމަދު "ސަން" އަށް ވިދާޅުވީ މިރޭ 8:44 ގައި ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެނެސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ.
"އެމީހާގެ ގައިގައި ހުމުގެ އަސަރު އެބަހުރި. އެހެންނަމަވެސް އިތުރު ކަމެއް ފާހަގައެއް ނުކުރެވޭ،" ޝަރީފް ވިދާޅުވި އެވެ.
ގއ. ދެއްވަދު އިން ކޮވިޑަށް ޕޮޒިޓިވްވި 79 އަހަރުގެ މީހާ އެއަތޮޅު ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.
ދެއްވަދުއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24ވަނަ ދުވަހުގަ އެވެ.
އެ ދުވަހު ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެ އެވެ. އެކަމާ ގުޅިގެން އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
މިހާތަނަށް އެ ރަށުން ޕޮޒިޓިވްވެފައިވަނީ 10 މީހުންނެވެ. އަދި އެ ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.