28 Jan 2012, 12:22
ކ. ހުރާގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުރާގައި ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރީ އުމުން 30 އަށް ވުރެ މައްޗަށް ގޮސްފައިވާ މީހެއް ކަމަށާއި ހައްޔަރު ކުރުމަށްފަހު ރޭ މާލެ ގެނައި އެމީހާ އަކީ ހުރާ މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެއް ކަމަށެވެ.
ހުރައިން ވާހަކަ ދެއްކި މީހަކު ބުނީ ހައްޔަރު ކުރި މީހަކީ އެ އަތޮޅު ގާފަރު މީހެއް ކަމަށާއި އެމީހާ އިނދެގެން އުޅެނީ ކުޑަ ކުއްޖާގެ ދައްތައަކާ ކަމަށެވެ. ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އެ ހާދިސާއަށް ފަހު ކުޑަ ކުއްޖާ އާއިލާ މީހުންގާތު އެ ވާހަކަ ކިޔައި ދިނުމުން އާއިލާއިން ނެވެ.