ރ. އަތޮޅު ގިރިއަކަށް އުރުނު ދޯންޏެއްގައި ތިބި ބަޔަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފުލުހުން މިއަދު ބުނީ ރ. ފިލާދޫ ކައިރި ގިރިއަކަށް އުރުނީ އެ އެތޮޅު މީދޫއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ.

އެ ދޯންޏަކީ މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ކަމަށާއި އޭގައި ތިން މީހަކު ތިބި ކަމަށް ފުލުހުން ބުންޏެވެ.

އެ ދޯނި އުރި، އޭގެ ބޮޑު ބައި އަޑިއަށް ގޮސްފައި ވަނިކޮށް، ފުލުހުން އެ ދޯނީގައި ތިބި މީހުންނަށް އެހީތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދޯނީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.