ދެހާސް އަށާރަ ވަނަ އަހަރު ފިލްމު “ދަޅަކް” އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޖާންވީ ކަޕޫރު މުމްބާއީ އިން އެޕާޓްމަންޓެއް ގަނެފިއެވެ.

މުމްބާއީގެ ޖުހޫގައި ހުރި އަރާޔާ ކިޔާ އިމާރާތަކުން ޖާންވީ އެޕާޓްމަންޓެއް ގަތީ 39 ކުރޯޑު ރުޕީސްއަށެވެ. އެ އިމާރާތުގެ 14، 15 އަދި 16 ވަނަ ފަންގިފިލާގެ ފްލެޓްތައް ޖާންވީ ގަތްއިރު ޖާންވީ މީގެ ކުރިން ދިރިއުޅެމުން އައީ އޭނާގެ ބައްޕަ ބޯނީ ކަޕޫރާ ކޮއްކޮ ހުޝީ ކަޕޫރާއެކުގަ އެވެ.

ޖާންވީގެ ޖުހޫ އެޕާޓްމަންޓު ގަތް ހިސާބުގައި ގިނަ ބޮލީވުޑް ތަރިންގެ ގެތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަން، އަމީތާބް ބައްޗަން، އަނިލް ކަޕޫރު އަދި ރިތިކް ރޯޝަންހިމެނެ އެވެ.

ބަތަލާ ޖާންވީ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސް އިން ސްޓްރީމްކުރި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އިންނެވެ. ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި"ދޯސްތާނާ 2"، "ރޫހީ އަފްޒާނާ"، "ތަޚުތު" އަދި "ބޮމްބޭ ގާލް" ހިމެނެ އެވެ.