ނ. މަނަދޫ ފަޅު ފުން ކުރުމުގެ މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ އެމްޓީސީސީގެ ހައިމާކެއް ކަހާލުމުގެ ސަބަބުން މިއަދު މޫދައް ވެއްޓިއްޖެ އެވެ.

ހައިމާކު ވެއްޓުނު ނުރައްކާތެރި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ހެނދުނު ހިނގި ހާދިސާގެ މަންޒަރު ދުށް މަނަދޫ މީހަކު ބުނީ ހައިމާކު މޫދަށް ފުރޮޅައިލިތަނުން އޭގެ ޑްރައިވަރު ފުންމާލައިގެން ސަލާމަތްވި ކަމަށާއި ހައިމާކް ފުރޮޅައިލައިގެން ވެއްޓުނީ ބާއްވާފައި އޮތް ބެޑުން ކަހާލުމުގެ ސަބަބުން ކަމަށެވެ.

ހައިމާކު ވެއްޓުނު ނަމަވެސް ފުން ކުރަމުން ދިޔަ ބަނދަރުގެ ތެރެއަށް އެއްކޮށް ހައިމާކް އަޑިޔަކަށް ނުދެ އެވެ. ހައިމާކު ވެއްޓި އޭގެ ދަތްގަނޑު ވިދުމުގެ ސަބަބުން ގެނބިގެން ނުގޮސް އޮތީ އެވެ.

މަނަދޫގައި ފަޅުފުން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގާފައިވާ ކަމަށާއި އަވަދި ނެތި އުޅުއްވާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.