08 Jan 2021, 14:34
މިދިޔަ ސެޕްޓެމްބަރު މަހު ބޮލީވުޑްގެ ކުޅަދާނަ ބަތަލު ޓައިގާ ޝްރޮފްގެ ލަވަކިޔުމުގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލިއިރު އަނެއްކާ ވެސް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ނެރެންތައްޔާރުވެއްޖެއެވެ.
މި ފަހަރު ޓައިގާ ނެރެނީ "ކެސެނޮވާ" ނަމަކަށް ކިޔާ ލަވައެކެވެ. ލަވައިގެ ފަސްޓްލުކް މިހާރު ދައްކާލައިފައިވާއިރު ޓައިގާ ބުނީ ފޭނުންގެ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށާއި ދެވަނަ ލަވައެއް ރެކޯޑުކުރަން ހިއްވަރުދިން އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ.
ލަވައިގެ ފަސްޓްލުކް ހާމަކުރި ނަމަވެސް ލަވައިގެ އިތުރު ތަފްސީލެއް ޓައިގާ ދީފައެއް ނުވެއެވެ.
ޓައިގާ އެންމެ ފުރަތަމަ ނެރުނު ލަވަ “އަންބިލީވަބަލް” އަށް ބޮޑު ތަރުހީބެއް ލިބުނުއިރު މި ލަވައަކީ ޕުނީތު މަލްހޯތުރާގެ ޑައިރެކްޝަނުގެ ދަށުން ޕަރޭޝް ކޮރިއޮގްރާފުކޮށްދިންލަވައެކެވެ.
އެކްޓަރު ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު “ގަންޕަތު” އިންނެވެ. އެ ފިލްމުގެ މަސައްކަތް މިއަހަރު ކުރީކޮޅު ފަށާނެއެވެ. މި ފިލްމުގައި ޓައިގާ ކުޅޭނީބޮކްސިންތެޅުންތެރިއެއްގެ ރޯލެވެ.