07 Jan 2021, 22:41
ރާއްޖެއިން އިތުރު 21 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ 18:00 - މިއަދު 18:00 ނެގި 2715 ސާމްޕަލުން 21 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 17 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ދެ މީހެއްގެ އިތުރުން މިހާރު އޮޕަރޭޓު ކުރަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 13،988 އަށް ވަނީ އަރާފަ އެވެ. މިހާރު ހުރި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 694 އެވެ. އަދި އޭގެ ތެރެއިން 44 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންނެވެ.
ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 13،238 އެވެ.
މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 49 މީހަކު ވަނީ މަރުވެފަ އެވެ.