އެމްޕީއެލް ސަރަހައްދުގައި ބިއްލޫރިތަކެއް ބަރުކުރަމުން ދަނިކޮށް، ޕެލެޓެއް ވެއްޓި ކޮންޓެއިނަރެއްގެ ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށްފި އެވެ.

ތާށިވި މީހާ ނެގުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ހާދިސާގައި ޒަޚަމްވި އިތުރު މީހަކު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަދި ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަނަ އޮފިސަރު މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 19:45 ހާއިރު ކަމަށެވެ.

އަދި ހާދިސާ ހިނގާފައި ވަނީ ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ބިއްލޫރި ޕެލެޓް އަރިއަޅާލައިގެންނެވެ.